2026 ވަނަ އަހަރުގެ އިސް އަމާޒަކީ ދައުލަތުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންގޮސް، ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބަޖެޓުން ޖާގަ ދިނުމާއި، ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަމަށް މި ގެނެވުނު ކުރިއެރުން ނުގެއްލި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓިނިވިކަން އިޔާދަވާނެ ގޮތުގެ މަތިން މެކްރޮ-ފިސްކަލް ސްޓެބިލިޓީ ކަށަވަރުކުރުމެވެ.
މި ބަޔާނަކީ 2026 ވަނަ އަހަރުގެ މެދުރާސްތާ އާއި ފިސްކަލް ހާލަތަށް ބަލައި ތައްޔާރުކޮށްފައިވާ ބަޔާނެކެވެ. މިބަޔާނުގައި ދުނިޔޭގެ އިގުތިސާދީ ހާލަތާއި ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތަށް ވާނީ ރިއާޔަތްކޮށްފައެވެ. މިގޮތުން، ދުނިޔޭގެ އުފެއްދުންތެރިކަމާއި، ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާއި، ކުރިމަތިވާ ތަފާތު ހާލަތްތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ކުރިއެރުމަށް ކުރިމަތިވެދާނެ ހިރާސްތަކަށްވެސް ވަނީ އަލިއަޅުވާލެވިފައެވެ.
އިޤްތިޞާދީ ތަޞައްވުރުމިބަޔާނަކީ ދިވެހިރާއްޖޭގެ ބަޖެޓުގެ ހާލަތާއި ފިސްކަލް ހާލަތުގެ މައްޗަށް ބިނާކުރެވިފައިވާ ބަޔާނެކެވެ. މި ބަޔާނުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލެވިފައި ވާނީ 2026 ވަނަ އަހަރުގެ ބަޖެޓުން ހާސިލުކުރަން ބޭނުންވާ މައިގަނޑު ލަނޑުދަނޑިތަކާއި އަމާޒުތަކަށެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގައި ޚަރަދާއި އާމްދަނީގެ އަންދާޒާތަކާއި، އެ އަންދާޒާތަކަށް އަންނަމުންދާ ބަދަލުތަކާއި، 2026 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ހިމެނިފައިވާ އާމްދަނީއާއި ޚަރަދުގެ ސިޔާސަތުތަކަށްވެސް ވަނީ އަލިއަޅުވާލެވިފައެވެ. ހަމަމިއާއިއެކު ޑެފިސިޓާއި ދަރަނީގެ ތަފުސީލުތައްވެސް ހިމެނިފައިވާނެއެވެ. މީގެ އިތުރުން މެދުރާސްތާއަށް ކަނޑައަޅާފައިވާ ފިސްކަލް އެންކަރތަކާއި މި އެންކަރތައް ހާސިލުވާ މިންވަރަށްވެސް އަލިއަޅުވާލާފައިވާނެއެވެ.
ފިސްކަލް ތަޞައްވުރުމި ބަޔާނުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައި ވާނީ 2026 ވަނަ އަހަރާއި މެދުރާސްތާގައި ބަޖެޓަށް ހުރި ހިރާސްތަކުގެ މައްޗަށެވެ. މިގޮތުން، ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކުން ކުރިމަތިވާ ފިސްކަލް ހިރާސްތަކާއި، ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކަށް އަތުވެދާނެ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ހިރާސްތަކަށް ބަލާލައިފައިވާނެއެވެ. ހިރާސްތައް ކުޑަކުރުމަށް ރޭވިފައި ނުވަތަ ހިނގަމުންދާ ކަންކަމަށް މި ބަޔާނުގައި އަލިއަޅުވައިލައިފައިވާނެއެވެ.
މެދުރާސްތާގެ ބަޖެޓަށް ހުރި ހިރާސްތަކުގެ ބަޔާންދައުލަތުގެ މައިގަނޑު އާމްދަނީއެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އާއި، ޓްކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ އާއި، ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީއެވެ. 2026 ވަނަ އަހަރު ޖުމުލަގޮތެއްގައި ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވިފައި ވަނީ 40.4 ބިލައަން ރުފިޔާއެވެ. މިގޮތުން ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާނެކަމަށް ލަފާކުރެވެނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއެވެ.
އާމްދަނީ ޓޭބަލް
ދައުލަތުން ކުރާ މައިގަނޑު ޚަރަދުތައް ބެހިގެން ވަނީ ދެ ބަޔަކަށެވެ. އެއީ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދާއި ރައްޔިތުންނަށް ދުވަހުން ދުވަހަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ (ރިކަރަންޓް ޚަރަދު) ޚަރަދެވެ. ހަމަމިއާއި އެކު، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހަރުމުދަލަށް ހޭދަވާ ޚަރަދުތައްވެސް (ކެޕިޓަލް ޚަރަދު) ހިމެނެއެވެ. 2026 ވަނަ އަހަރަށް އެކުލަވާލާފައިވާ ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމުލަ ޚަރަދަކީ 49.2ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދުގެ ތަފާތަކީ، ޚަރަދަކީ ޖުމުލަ ބަޖެޓުން ލޯނު އަނބުރާ ދެއްކުމަށާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސުލްމާލު ކެނޑުމަށްފަހު ހޯދޭ އަދަދެކެވެ.
ޚަރަދު ޓޭބަލް
ބަޖެޓުގެ ބެލެންސަކީ ދައުލަތުގެ އާމްދަނީއާއި ހިލޭ އެހީގެ ޖުމްލައާއި، ޖުމްލަ ޚަރަދުގެ ތަފާތެވެ. 2026 ވަނަ އަހަރުގެ ބަޖެޓުގެ ބެލެންސް 8.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައިވަނީ އާމްދަނީއާއި ހިލޭ އެހީއާ އަޅާބަލާއިރު ޚަރަދު މަތިވުމުގެ ސަބަބުންނެވެ. ޕްރައިމަރީ ބަޖެޓު ބެލެންސަކީ ޖުމްލަ ޚަރަދުން ލޯނު ޚިދުމަތުގެ ޚަރަދުތައް އުނިކުރުމަށްފަހު އޮންނަ ޚަރަދާއި އާމްދަނީއާއި އަޅާކިޔުމުން އަންނަ ތަފާތެވެ.
ޑެފިސިޓް ޓޭބަލް
2026 ވަނަ އަހަރުގެ ބަޖެޓުން ޖުމުލަ 8.8 ބިލިއަން ރުފިޔާ ސިއްހީ ދާއިރާއަށް އެކަށައަޅާފައިވާއިރު މި ޚަރަދުތަކުގެ ތެރޭގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމާއި ސިއްހީ ޚިދުމަތް ހޯދުމަށް ދެވޭ އެހީ ހިމެނެއެވެ.
ސިއްހަތު
މިބައިގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެއަރޕޯޓްތައް އެޅުމަށާއި ތަރައްގީކުރުމަށް ކުރެވޭ ޚަރަދު އަދި އިންޑައިރެކްޓް ސަބްސިޑީއަށް ކުރެވޭ ޚަރަދަށެވެ.
އިޤްތިޞާދު
މި ދާއިރާއަށް 5.7 ބިލިއަން ރުފިޔާގެ ބަޖެޓެއް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، މީގެ ތެރޭގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި، ސްކޫލާއި ޔުނިވަރސިޓީ އިމާރާތްކުރުން، ދަރިވަރުންނަށް ދެވޭ އެހީ، ފްރީ ޑިގްރީ ޕްރޮގްރާމް، ސްޓުޑަންޓް ލޯން ސްކީމް އަދި ސްކޮލަޝިޕްތަކުގެ ޚަރަދުތައް ހިމެނެއެވެ.
ތައުލީމު
މި ބަޖެޓުން ޚާއްސަ އިސްކަމެއް ދީފައިވާ މި ދާއިރާއަށް ޖުމުލަ 1.6 ބިލިއަން އެކަށައަޅާފައިވާއިރު، މީގެ ތެރޭގައި އެފްޑީސީއިން ހިންގާ ސޯޝަލް ހައުސިންގ ސްކީމް، ކައުންސިލްތަކުގެ އޮފީސް އިމާރަތްކުރުން އަދި ރާއްޖޭގެ އެކި ސަރަހައްދުގައި ހައުސިންގ މަޝްރޫއުތައް ހިންގުމަށް ހިނގާނެ ޚަރަދު ހިމަނާފައިވާނެއެވެ. އަދި މިބައިގައި ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓް ހިމެނެއެވެ.
ގެދޮރު
މިބައިގެ ޚަރަދުތައް ހިނގަނީ ހަމަހަމަ މުޖުތަމައެއް ގާއިމުކުރުމަށެވެ. މީގެ ތެރޭގައި ހިމެނޭ މުހިއްމު ޚަރަދުތަކަކީ 65 އަހަރުވެފައިވާ މީހުންނަށް ދެވޭ ޕެންޝަން، ރިޓަޔަމަންޓް އިނާޔަތް، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެހީ އަދި ޙާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރަޕީއަށް ދޭ ހާއްސަ އެހީއެވެ.
އިޖުތިމާއީ ރައްކާތެރިކަން
މިބައިން ކުރެވޭ ޚަރަދުތަކުގެ ތެރޭގައި ކުނި މެނޭޖް ކުރުމަށް ދޭ ސަބްސިޑީ، ނަރުދަމާ ސަބްސިޑީ، ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް، ކުނި މެނޭޖްކުރުން، ފެންހިންދުމުގެ ނިޒާމު ގާއިމުރުން އަދި، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ކަންކަން ހިމެނެއެވެ.
ތިމާވެށި ރައްކާތެރިކުރުން
މިބައިގެ އެންމެ ބޮޑު ޚަރަދެއް ކުރެވެނީ މުވައްޒަފުންގެ ކެއުމާއި ބޭސްފަރުވާ، މުވައްޒަފުންގެ މުސާރަ، މޯލްޑިވްސް ނެޝަނަލް ސަރވިސް އަދި ޑީޖީއޭ ބްލޮކް ގްރާންޓަށެވެ. އަމަންއަމާންކަން ގާއިމުކުރުމަށް ޑީޖީއޭ ދެވޭ ބްލޮކް ގްރާންޓަށެވެ.
ދިފާއީ އަދި އަދުލު އިންސާފު
2026 ވަނަ އަހަރު، ޖުމްލަ 12.4 ބިލިއަން ރުފިޔާ ޢާންމު ދައުލަތުގެ ޚިދުމަތްތަކަށް ކަނޑައެޅިފައިވެއެވެ. މިއީ މައިގަނޑު ގޮތެއްގައި ވެރިކަން ހިންގުމާއި، މާލީ ކަންކަން ބެލެހެއްޓުމާއި، އިދާރީ މަސައްކަތްތައް ކުރުމަށް އެހީތެރިވުމަށް ކަނޑައެޅިފައިވާ ބަޖެޓެކެވެ. މީގެ އެންމެ ބޮޑު ބައެއްކަމުގައިވާ 5.6 ބިލިއަން ރުފިޔާ ކަނޑައެޅިފައިވަނީ ދައުލަތުގެ ދަރަނީގެ މުޢާމަލާތްތަކަށެވެ. އަދި 2.5 ބިލިއަން ރުފިޔާ ކަނޑައެޅިފައިވަނީ ސަރުކާރުގެ އެކި ފަންތީގެ މެދުގައި ކުރެވޭ ފައިސާގެ މުޢާމަލާތްތަކުގެ ދަށުން ކައުންސިލްތަކުގެ ބްލޮކް ގްރާންޓްތަކަށެވެ. 2.2 ބިލިއަން ރުފިޔާ ކަނޑައެޅިފައިވަނީ ޢާންމު ޚިދުމަތްތަކަށް ކަމުގައިވާއިރު، މީގެ ބޮޑު ބައެއް ޚަރަދުކުރެވޭނީ މުސާރައިގެ އޮނިގަނޑު އެއްހަމަމަކުރުމަށެވެ. އަދި އިތުރު 2.1 ބިލިއަން ރުފިޔާ ކަނޑައެޅިފައިވަނީ ވެރިކަން ހިންގުމާއި، ޤާނޫނު ހެދުމާއި، މާލީ ކަންކަމާއި، އަދި ޚާރިޖީ ކަންކަމަށް އެހީތެރިވުމަށެވެ.
އާންމު ޚިދުމަތް
2026 ވަނަ އަހަރު، މުނިފޫހިފިލުވުމާއި، ސަގާފަތާއި، ދީނީ ކަންކަމަށް ޖުމްލަ 1.5 ބިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ. މި ބަޖެޓުގެ އެންމެ ބޮޑު ބައެއް ކަމުގައިވާ 567 މިލިއަން ރުފިޔާ ވަނީ ދުޅަހެޔޮ ދިރިއުޅުމެޅުމެއް ކުރިއެރުވުމަށްޓަކައި މުނިފޫހިފިލުވުމާއި ކުޅިވަރުގެ ޚިދުމަތްތަކަށް އަމާޒުކުރެވިފައެވެ. މީގެ އިތުރުން، 386 މިލިއަން ރުފިޔާ ވަނީ ދީނީ އަދި އެހެނިހެން މުޖުތަމަޢީ ޚިދުމަތްތަކަށް، 136 މިލިއަން ރުފިޔާ ބްރޯޑްކާސްޓިންގ އަދި ޕަބްލިޝިންގ ޚިދުމަތްތަކަށް، އަދި 132 މިލިއަން ރުފިޔާ ވަނީ ތަރިކަ ރައްކާތެރިކުރުމާއި އުފެއްދުންތެރި ކަންކަން ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ސަގާފީ ހަރަކާތްތަކަށް ކަނޑައެޅިފައެވެ.
އިޖުތިމާއީ އަދި ދީނީ ހިދުމަތް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ކޮޕީރައިޓް © 2026