ބަޖެޓް ޚުލާސާ

އޭޕްރިލް އާއި މޭ 2019 ގެ އޯވަރޯލް ބެލެންސް ޑެފިސިޓްވެފައިވަނީ އެ މަސްތަކުގައި ކޮށްފައިވާ ޚަރަދުތައް (ޚާއްސަކޮށް ރިކަރަންޓް ޚަރަދު) ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައިވާތީއެވެ. ނަމަވެސް ޖޫން އަދި ޖުލައި 2019 ގެ އޯވަރޯލް ބެލެެންސް އަރަނިވެފައިވެއެވެ. މޭ އާއި ޖޫން 2019 ގެ އޯވަރޯލް ބެލެންސް ޑެފިސިޓްވެފައިވަނީ އެ މަސްތަކުގައި ކޮށްފައިވާ ޚަރަދުތައް (ޚާއްސަކޮށް ރިކަރަންޓް ޚަރަދު) ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައިވާތީއެވެ. ޖުލައި މަހު ލިބުނު އާމްދަނީ، ޚާއްސަކޮށް ބިޒްނަސް އަދި ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އަދި ގްރާންޓް އިތުރުވުމުގެ ސަބަބުން އެ މަހުގެ އޮވަރޯލް ބެލެންސް ވަނީ އަރަނި ވެފައެވެ. ނަމަވެސް އޮގަސްޓް މަހުގެ އޮވަރޯލް ބެލެންސް ވަނީ ޑެފިސިޓް ވެފައެވެ.

ބަޖެޓް ޔުޓިލައިޒޭޝަން

2019 އަށް ފާސްކުރި ބަޖެޓް ޚަރަދުގެ 56.3 އިންސައްތަ، އޮގަސްޓް 2019 ގެ ނިޔަލަށް ހޭދަވެފައިވެއެވެ. އަދި މި އަހަރަށް ފާސްކުރި އާމްދަނީއާއި ހިލޭ އެހީގެ 67.3 އިންސައްތަ، އޮގަސްޓް 2019 ގެ ނިޔަލަށް ލިބިފައިވެއެވެ.

އާމްދަނީ

ޖުލައި 2019 ގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސެއް ކަމުގައިވާ ޓީ.ޖީ.އެސް.ޓީ އިންނެވެ. އެމަހުގެ ތެރޭގައި ދެން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ބީޕީޓީ އާއި ޓީ.ޖީ.އެސް.ޓީ އަދި އިމްޕޯޓް ޑިއުޓީންނެވެ.

ޚަރަދު

އޮގަސްޓް 2019 ގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރައަށާއި އެލަވަންސްއަށެވެ. އެ މަހުގެ ތެރޭގައި ދެން އެން ބޮޑު ހޭދައެއް ކޮށްފައިވަނީ ސަރުކާރުންދޭ އެހީ، އިޝްތިރާކާއި އަދި ސަބްސިޑީތަކަށް ކުރާ ހޭދައަށެވެ.

އޮފީސްތަކުގެ ޚަރަދު

ޚާއްސަ ބަޖެޓުން އޮގަސްޓް 2019 ގެ ނިޔަލަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަރުކާރަށްވީ ގެއްލުމެއް ނުވަތަ ލިބިދާނެ ގެއްލުމެއް ހަމަޖެއްސުމަށާއި، އެސް.އޯ.އީތަކަށް ދެވޭ ކެޕިޓަލް ކޮންޓްރިބިއުޝަނަށާއި ސަބްސިޑީސްއަށެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ސްޓޭޝަނަރީ ވޯޗަރ ދޫކުރުންފަދަ އަމިއްލަ ފަރާތްތަކަށްދޭ އެހީއަށާއި، އައި.ޓީ.އާ.އާއި ގުޅޭ ހާޑްވެއަރ ހޯދުމަށެވެ. އެހެނިހެން ބޮޑެތި ޚަރަދުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޢުމްރާނީ މަޝްރޫޢުތަކަށް ކުރެވުނު ޚަރަދާއި، ހެލްތު މިނިސްޓްރީ އަދި އައި.ޖީ.އެމް.އެޗް މެޑިކަލް ކޮންޒިއުމަބަލްސް އަށް ކުރެވުނު ޚަރަދާއި އެންސްޕާ އިން އިޖްތިމާއީ ރައްކާތެރިކަމަށް ކުރެވުނު ޚަރަދު ހިމެނެއެވެ.