ބަޖެޓް ޚުލާސާ

ޖުލައި 2018 ގައި އޯވަރޯލް ބެލަންސް ސަރޕްލަސް ވެފައިވަނީ އެ މަސްތަކުގައި ބީ.ޕީ.ޓީ އިންޓެރިމް އަދި ފައިނަލް ޕޭމަންޓް ލިބުމާއި ބޭންކް ޕްރޮފިޓް ޓެކްސް ލިބިފައިވާތީއެވެ. ނަމަވެސް އޮގަސްޓުން އޮކްޓޫބަރުގެ ބެލެންސް ޑެފިސިޓްވެފައިވަނީ ލިބުނު އާމްދަނީއަށްވުރެ ޚަރަދު އިތުރުވެފައިވާތީއެވެ.

ބަޖެޓް ޔުޓިލައިޒޭޝަން

އޮކްޓޫބަރު 2018 ގެ ނިޔަލަށް 2018 އަށް ފާސްކުރި ޚަރަދުގެ ތެރެއިން 85.0 އިންސައްތަ ހޭދަވެފައިވެއެވެ. އޮކްޓޫބަރު 2018 ގެ ނިޔަލަށް 2018 އަށް އަންދާޒާކުރި ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 80.6 އިންސައްތަ ލިބިފައިވެއެވެ.

އާމްދަނީ

އޮކްޓޫބަރު 2018 އަދި 2017 ގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސްތަކުންނެވެ. މީގެ ތެރޭގައި ޓީ.ޖީ.އެސް.ޓީ އަދި ޖީ.ޖީ.އެސް.ޓީ ހިމެނެއެވެ. ދެން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ.

ޚަރަދު

އޮކްޓޫބަރު މަހުގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުސާރައާއި އުޖޫރައަށެވެ. ދެން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަރުކާރުން ދޭ އެހީއަށެވެ. މީގެ ތެރޭގައި ސަބްސިޑީސްއަށާއި އާސަންދައަށް ކުރާ ހޭދަ ހިމެނެއެވެ. މީގެ އިތުރުން މި މަހުގެ ތެރޭގައި ފާހަގަކުރެވޭ މިންވަރަކަށް ލޯނު ދޫކުރެވިފައިވެއެވެ.

އޮފީސްތަކުގެ ޚަރަދު

ޚާއްސަ ބަޖެޓުން އެންމެ ބޮޑަށް ޚަރަދުކޮށްފައިވަނީ ސަބްސިޑީއަށާއި އިންޓްރެސްޓަށާއި އުމްރާނީ މަޝްރޫއުތަކަށާއި ލޯނު ދޫކުރުމަށާއި އެސް.އޯ.އީތަކަށް ދެވޭ ކެޕިޓަލް ކޮންޓްރިބިއުޝަންއަށެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ހޭދަކޮށްފައިވަނީ ސްޓޭޝަނަރީ ވައުޗަރަޝާއި، ޕީ.އެސް.އައި.ޕީ، ސްކޮލަރޝިޕްތަކަށެވެ. އެހެނިހެން ބޮޑެތި ޚަރަދުކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރަސްޓްރަކްޗރ އަދި މިނިސްޓްރީ އޮފް ފިނޭންސްއިން އުމްރާނީ މަޝްރޫއުތަކަށް، ހެލްތު މިނިސްޓްރީ މެޑިކަލް ކޮންޒިއުމަބަލްސްއަށް އަދި އެންސްޕާ އިޖްތިމާއި ރައްކާތެރިކަމަށެވެ.